Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލާމު އިކޮނޮމިކް ހަބަކަށް ހެދޭނެ، އިންޓަރނޭޝަނަލް އެއަރޕޯޓާއި ރިސޯޓްތައް ޕްލޭންގައި އެބަހުރި

ލާމު އިކޮނޮމިކް ހަބަކަށް ހެދޭނެ، އިންޓަރނޭޝަނަލް އެއަރޕޯޓާއި ރިސޯޓްތައް ޕްލޭންގައި އެބަހުރި

<strong>(ލ. ގަން)</strong> ލާމު އަތޮޅުގައި ގުޅިފައި އޮންނަ ގަން-ފޮނަދޫ ސަރަހައްދަކީ އިންޓަރނޭޝަނަލް ހަބަކަށް ހެދޭނެފަދަ ތަންތަން ކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ލ. ގަމުގައި ދެ ދުވަހަށް ކުރިޔަށް ދިޔަ ވިއަވަތި ކޮންފަރެންސް ނިންމާލުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ބިންބޮޑު ރަށްރަށް ތަރައްޤީކޮށް، އެތަނަށް އެއްފަސް ކުރުމުގެ ޕްރޮޖެކްޓްތައް ނުހިންގާތީ ނޫސްވެރިން ސުވާލު ކުރުމުން ރައީސް ޞާލިޙް ވިދާޅުވީ އެފަދަ ކަންކަމަކީ މަޖުބޫރުކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުން ބިންބޮޑު ރަށްރަށް މީހުން ހިޖުރަ ކުރާނެ ކަމަށެވެ. އަދި ސަރުކާރުން އެ މަސައްކަތް ކުރާ ކަމަށާއި އަދި މާބޮޑު ބޮޑެތި ރަށްރަށުގައި އާބާދީ އެއްފަސް ކުރަން ސަރުކާރުން ވެސް ބޭނުންވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ބައެއް ރަށްތައް ހިއްކާތީ އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ރައީސް ޞާލިޙް ވިދާޅުވީ، ގަދަކަމުން ހިޖުރަ ކުރުވުމުގެ ވިސްނުމެއް ނެތް ކަމަށާއި ބޭނުންވަނީ ރަށްތައް ތަރައްޤީކޮށް ޚިދުމަތް ފޯރުކޮށްދީގެން މީހުން އެރަށްރަށަށް އަމިއްލައަށް ބަދަލުވުން ކަމަށެވެ.

ވިއަވަތި ކޮންފަރެންސްގެ ތެރެއިން ލާމު އަތޮޅުގައި އެއްފަސް ކުރުމުގެ މަޝްރޫއު ހިންގުމަށާއި ވަޒަންކުރުމުގެ މަޝްރޫއުތައް ހިންގެވުމަށް އެއަތޮޅުގެ ރައީސް، އިސްމާއީލް އަލީ ވަނީ ދައުވަތު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ބޮޑެތި ބިންތައް އޮއްވާ، ތިމާވެށި ހަލާކުކޮށްލައިގެން ރަށްތައް ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

"ލާމު އަތޮޅުގައި އެބައޮތް ބިންބޮޑު ރަށްރަށް. އެތަނުގައި އިމާރާތް ކުރެވޭނެ، މަސައްކަތް ވެސް ކުރެވޭނެ. ފަޅުތައް ހިއްކުމާ އަޅުގަނޑު ދެކޮޅު" އިސްމާއީލް އަލީ ވިދާޅުވިއެވެ.

ރައީސް ޞާލިހް އެ ކޮންފަރެންސްގެ ތެރެއިން އެ ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ.

ލާމު އަތޮޅު ތަރައްޤީ ކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ސުވާލުކުރުމުން ވިދާޅުވީ، ލާމު އަތޮޅަކީ ތަރައްޤީ ކުރެވޭނެ އަތޮޅެއް ކަމަށާއި ޕްލޭންގައި އެކަން އޮތް ކަމަށެވެ.

"މީ ވަރަށް ބޮޑަށް ތަަރައްޤީ ކުރެވޭނެ ތަނެއް. ލާމު އަތޮޅުގައި އެއްވެފައި މިއޮތް ރަށްރަށް. އަޅުގަނޑުމެންގެ ޕްލޭންފައި އެބައޮތް އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުން، ބޯހިޔާވެހި ކަމުގެ މަޝްރޫއުތައް ހިންގުން، މި ހިސާބުގައި ރިސޯޓްތައް ހެދުން" ރައީސް ވިދާޅުވީ އެ މަސައްކަތްތައް މިދިޔަ ދެ އަހަރު ހުއްޓިފައި އޮތީ ކޮވިޑް-19ގެ ސަބަބުން ކަމަށާއި މިހާރު އެ މަޝްރޫއުތައް ކުރިޔަށްދާ ކަމަށެވެ. "މިއީ ތަރައްޤީ ކުރެވޭނެ ތަނެއް، އިކޮނިމިކް ހަބަކަށް ހެދޭނެ ތަނެއް"

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް