ޚަބަރު

ފުލުހުންނަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް 10 މީހަކު ބަންދަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުލުހުން

ފުލުހުންތަކަކަށް މަގުމަތިން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

Ads by STELCO

މިދިޔަ ހުކުރު ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގައި މަސައްކަތްކުރާ ފުލުހުންތަކަކަށް މަގުމަތިން ހަމަލާދިން މައްސަލާގައި ކުރިން ބަޔަކު ހައްޔަރުކުރި އެވެ. އަދި ރޭ އިތުރު ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އޭގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަދި އިތުރު މީހަކު 30 ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ރޭ ހައްޔަރުކުރި މީހުންނާ އެކު، ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު 10 އަށް ވަނީ އަރައިފައެވެ.

ފުލުހުންނަށް ހަމަލާދިން މައްސަލަ ސީރިއަސް ގޮތެއްގައި ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!