ޚަބަރު ސިޔާސީ

ސަރުކާރާއި ކުންފުނިތަކަކީ ކޮރަޕްޝަންގެ އައްޑާތަކެއް: ޑރ.ޖަމީލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސަރުކާރާއި ކުންފުނިތަކަކީ ކޮރަޕްޝަންގެ އައްޑާތަކެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑރ.ޖަމީލް އެެހެން ވިދާޅުވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މީގެ ކުރިން ހުންނެވި އިބްރާހިމް ވަޙީދު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދަށް ފޮނުއްވި ސިޓީއެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެ ސިޓީގައި ވަނީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ސަޢީދާއި, ޗެއާމަން މުޙައްމަދު ރަޝީދު ޤާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރައްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެ ގޮތުން ޑރ.ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންނަށް ވަޢުދުވެވަޑައިގަވީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރަންސަށް ކަމަށާއި, އެކަމަކު މިއަދު ސަރުކާރާއި ކުންފުނިތަކަކީ ކޮރަޕްޝަންގެ އައްޑާތަކެއް ކަމަށެވެ.

ސަރުކާރަށް ހުރިހާ ބާރެއް ލިބުމުން ރައްޔިތުންނަށްވީ ގެއްލުންކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

''މި ރައީސްގެ ސިޔާސަތަކީ ރިއެކްޓް ނުކުރެއްވުން. ހީލަތްތެރިކޮށް ދައުލަތް ދަވާލައިފި'' ޑރ.ޖަމީލް ވިދާޅުވިއެވެ.

  1. ނާޅި

    ކުންފުނި ތަކަކީ ސަރުކާރުގެ ސިޔާސީ މީހުން މާލިއްޔަތުން ވައްކަން ކުރަން ބޭނުންކުރާ އެއްޗެއް، އިގިރޭސިން 1900 ގެ އަހަރުތަކުގައި އޭޝިޔާ އެފްރިކާ ބައްރުގެ ޤައުމުތައް ލޫޓުވީވެސް ކުންފުނިތައް ބޭނުން ކޮށްގެން، އިންޑިޔާ ލޫޓުވީ އީސްޓް އިންޑިޔާ ކޮންޕެނީ ކިޔާ ކުންފުނިއެއް ހަދައިގެން ! ޤައުމުތަށް އިސްތިއުމާރު ކުރަނީވެސް އިންވެސްޓުގެ ނަމުގައި ކުންފުނިހަދައިގެން ، އީސްޓް އިންޑިޔާ ކޮމްޕެނީ އަކީ އޭގެ މިސާލެއް !