ޚަބަރު ސަރުކާރު

ރައީސް އަންނަ ހަފުތާގައި ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަންނަ ހަފުތާގައި ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙް, ހއ.އަތޮޅާއި, ހދ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދަތުރުފުޅުގައި އުތީމުގައި އޮންނަ ޤައުމީދުވަހުގެ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

ދާދިފަހުން ރައީސް ޞާލިޙް ވަނީ ލ.ގަމަށް ވެސް ވަޑައިގެންފައެވެ. އެއީ ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން އެ ރަށުގައި ބޭއްވި ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!