ތަމްރީން ހޯދަން ކަސްޓަމްސްގެ 30 މުވައްޒިފަކު އިންޑިއާއަށް
އިންޑިޔާގެ ފަރިދަބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނަރކޮޓިކްސް (އެން.އޭ.ސީ.އައި.އެން)އަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒިފުން ތަމްރީން ހޯދަން ދާން ނިންމައިފިއެވެ.
މި މަހު 26 އިން 30 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ 30 ކަސްޓަމްސް އޮފިސަރުން ބައިވެރިވާނެއެވެ.
އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރުއާއި އެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުالله ޝަރީފް ވަނީ މި ދަތުރުގައިދާ މުވައްޒިފުންނާ މިއަދު ބައްދަލު ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރ މުނު މަހާވަރު ވަނީ ކުރިން އިންތިޒާމްކޮށް ހންގިފައިވާ މިފަދަ ހުރިހާތަމްރީން ޕްރޮގްރާމް އިވެންޓްތަކުގައި ކަސްޓަމްސް އޮފިސަރުންގެ ބައިވެރިވުން ފާހަގަކުރައްވާފައިއެވެ
އޭނާ އިތުރަށް ވިދާޅުވީ، ސަލާމަތީ އަދި އިތުރު ގޮންޖޮހުންތަކާ ބެހޭ ވާހަކަދެކެވިގެންދާނީ އެއްބާރުލުމާއި ޤާބިލްކަން އިތުރުކުރުން ފަދަ ދާއިރާތަކުން އެކުގައި މަސައްކަތްކޮށްގެންކަން ވިދާޅުވިއެވެ. ހަމައެގޮތުން، ޤާބިލްކަން އިތުރުކުރުމަކީ އިންޑިއާ އަދި ރާއްޖޭގެ ތަރައްޤީގެ މަސައްކަތައް ވަރަށް މުހިންމު ބައެއް ކަމަށް ވިދާޅުވިއެވެ.
މި ދަތުރުގައި އޮފިސަރުން، އިންޓެލިޖެންސް، އިންފޯމޭޝަން އެންޑް އިންވެސްޓިގޭޝަން (3 -އައިއެސް)، އިންޓެރެކްޓިވް ސެޝަންސް، ކޭސް ސްޓަޑީސް އަދި އެންފޯސްމެންޓް އާއި އިންޓެލިޖެންސް އަރކިޓެކްޗަރ، ފިޒިކަލް އަދި ފައިނޭންޝިއަލް، ސައިބަރ، އިންވެސްޓިގޭޝަން ރިޕޯޓިންގ އާއި ޕްރޮސެކިއުޝަން ފަދަ ކަމާއި ގުޅޭ މަޢުލޫތަކަށް ބިނާކޮށް 5 ދުވަހަށް ހިންގޭ ޙާއްސަ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
ކަސްޓަމްސް ކޫޕަރޭޝަން އެމް.އޯ.ޔޫގައި ސޮއިކުރެވިފައިވަނީ ޖޫން 2019ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިއެވެ.
މިފުރާ ބެޗް ހިމެނޭހެން 160 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިޔާއަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީންދެވިފައިއެވެ. އަދި އިތުރު 90 ކަސްޓަމްސް އޮފިޝަލުންވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކޮށްފައިއެވެ.