ހޯރަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލަ ސާބިތެއްނުވި

ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޝަރީފާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލި މައްސަލަ ސާބިތުނުވާކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ 2021 ޖަނަވަރީ 13 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޝަރީފުގެ ސުލޫކީ މައްސަލަ ތަޙްޤީޤުކުރެވި, އެ މައްސަލަ ސާބިތުވެފައި ނުވާކަމަށް ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ސާބިތުވެފައި ނުވާކަމަށް ނިންމީ މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 44 ވަނަ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ޝަރީފާ ގުޅޭ ގޮތުން ތަޙްޤީޤުކުރީ އޭނާ ތަނާޒުލުވާންޖެހޭ މައްސަލައަކުން ތަނާޒުލުނުވެ މައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލައެކެވެ.
ޤާޟީން ސުލޫކީ ކުރުމަކީ ޤާޟީންނަށް ބިރުދައްކާ މަޖުބޫރުން ކަންކަން ކުރުވަން ކުރެވޭ ކަމެއް !