ޚަބަރު

ހުޅުލޭ ފަރަށް އެރި ބޯޓު ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
''އެމްވީ ޗެން ގްލޯރީ 9'' . ފޮޓޯ: މެރިން ޓްރެފިކް.ކޮމް

މި މަހުގެ ދެވަނަ ދުވަހު ހުޅުލޭ ފަރަށް އެރި ކޮންޓެއިނަރު ބޯޓު ތިން ލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

Ads by Sosun Fihaara

އެ ބޯޓަކީ ''އެމްވީ ޗެން ގްލޯރީ 9'' ނަމަކަށް ކިޔާ ބޯޓެކެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ބޯޓު ފަަރަށް އެރުމުން ލިބުނު ގެއްލުންތައް ބެލުމަށް އެ އުޅަނދުގެ ވެރި ފަރާތުން އައްޔަންކުރި ސާވެޔަރަކާއެކު މި މަހުގެ 10 ގައި އެ އެޖެންސީން ސާވޭއެއް ކޮށްފައިވާ ކަމަށެވެ.

އެ ސާވޭއިން އެނގުނު ގޮތުގައ ފަރުގައި އެ އުޅަނދު ޖެހިފައިިވާތީ ފަރަށް ކޮންމެވެސް މިންވަރެއްގެ ގެއްލުންތަކެއް ލިބުނުކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ 365,000 ރުފިޔާއިިން އެ އުޅަނދު ޖޫރިމަނާކުރަން ނިންމައި ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދިން ކަމަށާއި, އެ އުޅަނދުގެ ލޯކަލް އެޖެންޓު ގްރޭސް އެޓޯލް ޕްރައިވެޓް ލިމިޓެޑުން މި މަހުގެ 13 ވަނަ ދުވަހު އެ ފައިސާ ދައްކާފައިވާ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!