ޢާއިލީ ހަމަނުޖެހުމެއްގައި އަންހެނަކު ފިރިހެނަކަށް ހަމަލާދިން މައްސަލަ ބަލަނީ

މާލޭ ގެއެއްގައި ހިނގި ޢާއިލީ ހަމަނުޖެހުމެއްގައި އަންހެނަކު ފިރިހެނަކަށް ހަމަލާދީ ޒަޚަމްކޮށްލައިިފިއެވެ.
ފުލުހުން ބުނީ މާލޭ ގެއެއްގެތެރޭގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ އިއްޔެ ހަވީރު 16:20 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހަމަނުޖެހުން ހިނގާފައިވަނީ ޢާއިލާތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށާއި, ހަމަނުޖެހުމުގައި އެއްޗަކުން ބޮލުގައު ޖެހުމުން ދިވެހި ފިރިހެނަކަށް އަނިޔާވެގެން ފަރުވާދީފައިވާ ކަމަށެވެ.
އެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ބުނި ނަމަވެސް މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް އަދި ސާފެއް ނުވެއެވެ.
ޢާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ގޯއްޗެއްގެ މައްސަލައިގައި ބަޔަކު ޒުވާބުކޮށް އަރައިރުންވާ މަންޒަރެވެ. އެ ޒުވާބު ހޫނުވެ, އެ ތަނުގައި ހުރި އަންހެނަކު, އޭނާގެ އަތުގައި އޮތް ދަނގަޑު އެއްޗަކުން ފިރިހެންމީހާގެ ބޮލުގައި އެތައް ފަހަރަކު ޖަހައި ބޯ ފަޅައިލާ މަންޒަރު ފެނެއެވެ. އަދި ކައިރީގައި ހުރި އެހެން ފިރިހެނަކަށް ވެސް ހަމަލާދިނެވެ. މީގެ އިތުރުން އެ ފިރިހެން މީހާ ވެސް ހަމަލާ ދޭ ތަން ފެނެއެވެ.
ާގާސިމް ދަރީގެ މައްސަލަ ނުބެލުނު ދޯ