ކޮރަޕްޝަނާއި ވައްކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ޕާޓީއަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި އިންތިޤާލީ ނައިބު ރައީސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެެއެވެ.
ރޭ ބޭއްވި އެމްއެންޕީގެ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ގައި ދެއްކެވި ވާހަކައިގައި ޝިދާތާ ވިދާޅުވީ މި ޤައުމުގައި ކޮރަޕްޝަނާއި ވައްކަން ޢާންމުވެފައިވާއިރު, އެކަމަށް ހައްލެއް ހޯދޭނީ އިޚްލާސްތެރި ވެރިކަމެއް ކޮށްދޭނެ ޕާޓީއެއް ވެރިކަމާ ހަވާލުވެގެން ކަމަށާއި އެފަދަ ޕާޓީއަކީ އެމްއެންޕީ ކަމަށެވެ.
''ޤާނޫނަށްވުރެ މައްޗަށް އެރިގެން އުޅޭ މީހުން ޤާނޫނާ ހަމައަށް ސައިޒު ކުރާނަން (އެމްއެންޕީ ސަރުކާރެއްގައި). ދިވެހިންނަށް ޙައްޤުވާ މިންވަރު ދިވެހިންނަށް ހޯދައިދޭނީ އަޅުގަނޑުމެން ތިބި ވެރިކަމެއްގައި. ކޮރަޕްޝަނާއި ފަސާދަ މި ބިމުން ފޮހެލާނެ ވެރިކަމެއް އެމްއެންޕީން ގެނެސްދޭނަން.''
މީގެ އިތުރުން ޝިދާތާގެ ވާހަކައިގައި ވަނީ ރާއްޖެއަށް ޕާޓީ ނިޒާމު ތަޢާރަފުވެގެން އައުމަކީ ސިޔާސީ ދާއިރާއަށް އައި އެންމެ ބޮޑު އިންގިލާބުކަން ފާހަގަކުރައްވައިފައެވެ. އެކަމަކު ޕާޓީތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިދާތާ ވިދާޅުވީ ކޮންމެ ދިވެއްސަކު ފުދުންތެރި ޕާޓީއަކަށް ހަދާނީ އެމްއެންޕީން ކަމަށެވެ.
ސުބުހާނަށްލޯ ތިޕާޓީގެއިސްސަފުގާތިތިބީހުސްވަގުން
އިތުރު ވާނީ . ވެރި ކަމަށް އައި އެންމެންވެސް ތިލަވަކީ. ބެއްޔަކަށް ވުރެ ބެއްޔެއް ނުބައިވީ.