ޚަބަރު ސިޔާސީ

ޑރ.ޖަމީލުގެ ސުވާލެއް: ‏ކޮން ވަޢުދެއް ފުއްދުނީ؟

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްޑީޕީން ވެރިކަމަށް އަންނަންވެގެން ވީ ވަޢުދުތަކުގެތެރެއިން ފުއްދުނީ ކޮން ވަޢުދެއްތޯ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސުވާލުކުރައްވައިފިއެވެ.

Ads by Hajj Corporation

ޖަމީލް މި ސުވާލު ކުރައްވާފައިވަނީ, ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުތަކުގެ %99 ވަޢުދު މިހާރު ފުއްދަވާފައިވާކަމަށް ސަރުކާރު ކޯލިޝަނުގެ އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި, ވެރިކަމަށް އަންނަތާ 24 ގަޑިއިރުތެރޭގައި ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީއާއި, މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރަށް އިންސާފު ހޯދައިދޭނެކަމަށް އެމްޑީޕީން ވަޢުދުވިއެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދާނެ ކަމަށާއި, މަސްވެރިންނަށް ހަމަ އަގު ހޯދައިދީ, މަސްވެރިކަމުގެ ދާއިރާއަށް ވެސް ގިނަ ވަޢުދުތަކެއްވިއެވެ.

ޑރ.ޖަމީލް ވަނީ އެ ކަންކަން ފުއްދިއްޖެތޯ ސުވާލު ކުރައްވައިފައެވެ.

''ކޮބާ ޖޭއެސްސީ އެކުލެވިގެންވާ ގޮތް؟ އަފްރާޝީމާއި ޔާމީނާއި ރިޟްވާންގެ މަރަށް 24 ގަޑިއިރު ތެރޭގައި އިންޞާފް ހޯދައިދިނުން؟ ކޮބާ ރިކަވާ ނުކުރެވުނު އެސެޓް؟ ކޮބާ މަހަށް ހަމަ އަގު؟ ދެވުނީ ބިލިއަނުން ބަދަލު.''

ޖަމީލު ވިދާޅުވީ ރައީސް ޞާލިޙްގެ ފައިދާ ލިބޭ ފަރުދުންނަށް ޤައުމެއް ރައްޔިތުނެއް މުހިންމެއް ނުވާނެ ކަމަށެވެ.

Ads by HDC
  1. ދިއުޅި

    ފުއްދުނު ވައުދަކީ ކަލޭޔޫރަޕައްނޭރިހުއްޓާޔޫރަޕައްއެރުވުން ދެން ބެހިގެންގޮސް ހުއްޓާރާއްޖެގެނައުން

  2. ހަރާންކަންތައްކުރާމީހުނަށް ހިމާޔަތްދިނުން ރަގަޅުކަންތަކަންގޮވާލާ އަމަލީގޮތުންބާވެރިވާމީހުނަށްއަދަބުދިނުން

  3. މުލި

    ލާދީނީ ހަރަކާތްތަކަށް ފުރުސަތު ދިނުން. ލިވާތުކުޅި އެއީ މާބޮޑު ކަމަކަށް ނުހެދުން.