ދުނިޔެ

ޗައިނާއިން ޕާކިސްތާނުގެ ދަރަނީގެ އަދަދު ކުޑަކޮށްދެން ޖެހޭ: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތައް ފޫބެއްދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި ޗައިނާގެ އަތުން ނަގާފައިވާ ދަރަނި ލުއި ހޯދުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ގޮވާލައިފިއެވެ.

Ads by Sosun Fihaara

ވިއްސާރައިިގެ ސަބަބުން ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ވަނީ ފެނުގެ އަޑިއަށް ގޮސްފައވެެ. މިއާއެކު އެކަމުން ސަލާމަތްވުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތުގައި، އެމެރިކާއިން އެހީވާނެ ކަމަށް ބްލިންކެން ވައުދުވެވަޑައިގަންނަވާފައެވެ.

“މިތިބީ ޕާކިސްތާނު އަލުން އަނބުރާ ކޮޅަށް ޖަހަން އެހީވާން ތައްޔާރަށް” ފޮރިން މިނިސްޓަރު ބިލާވަލް ބުޓޯ-ޒަރުދާރީއާ އެކު ވޮޝިންޓަންގައި މަޝްވަރާ ކުރުމަށް ފަހު ބްލިންކެން ވިދާޅުވިއެވެ.

އެމެރިކާއިން ވަނީ 56 މިލިއަން ޑޮލަރުގެ އިންސާނީ އެހީގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާފައެވެ. އަދި ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްކުރީ ދަރަނި ލުއިކުރުމާއި ރީސްޓްރަކްޗާ ކުރުމުގައި ޗައިނާއިން އެހީވުމަށް، މިއީ ފެންބޮޑުވުމުން އަވަހަށް އަރައިގަނެވޭނެ އޮތް ގޮތަކީ،" ބްލިންކެން ވިދާޅުވިއެވެ.

ޕާކިސްތާނުގެ ހިންގަމުން އަންނަ ޕްރެޖެކްޓްތަކަށް ޗައިނާއިން ވަނީ 54 ބިލިޔަން ޑޮލަރުގެ ލޯނު ދީފައެވެ. މިހާލަތުގައި ޕާކިސްތާނަށް ދަރަނި ދެއްކުމަކީ އުދަނގޫ ކަމަކަށްވާނެއެވެ. އެހެންނަމަވެސް ދަރަނި ދެއްކުމުގައި ލުއި ގޮތެއް އަދި ޗައިނާއިން ހޯދައިދީފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!