ރައީސް ނަޝީދު ހަފްތާ މަޖައްލާއެއް ނެރުއްވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ނޫސް މަޖައްލާއެއް ނެރެން ތައްޔާރުވެއްޖެއެވެ.
ރައީސް ނަޝީދުގެ ޕަބްލިޝިން ހައުސް, އޯޝަން ޕަބްލިޝާޒްއިން ނެރޭ މި މަޖައްލާގެ ނަމަކީ ''އޯޝަން ވީކްލީ'' އެވެ.
ކޮންމެ ހުކުރު ދުވަހަކު ނެރެން ހަމަޖެހިފައިވާ މި މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެން ހަމަޖެހިފައިވަނީ މި މަހުގެ 30 ވާ ހުކުރު ދުވަހުއެވެ.
މި މަޖައްލާގެ އަގަކީ 50 ރުފިޔާއެވެ. ބުކްޝޮޕްތަކުގެ އިތުރުން ބައެއް ސައިހޮޓާ, ކެފޭ, ރެސްޓޯރަންޓްތަކުން ވެސް ގަންނަން ލިބެން ހުންނާނެއެވެ.