ޚަބަރު ސަރުކާރު

ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

ބޮޑު ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މެންދުރު މާލެ ވަޑައިގެންފިއެވެ.

Ads by STELCO

ރައީސްގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ހދ.ނައިވާދޫ އަށެވެ. އެއަށްފަހު ވަޑައިގަތީ ހދ.ފިނޭއަށާއި, ހއ. އުތީމަށާއި, ހއ.ދިއްދުއަށެވެ.

އުތީމަށް ވަޑައިގެން ޤައުމީ ދުވަހުގެ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ގޮތުން އުތީމުގައި ކުރިއަށްދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްދެއްވިއެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޒޯން 1 ގެ ޚިދުމަތް ފުރިހަމަ ކުރެވިފައި އޮތުމުން އެކަން ފާހަގަކުރުމަށް، "ބޮޑުތިލަދުންމަތި ގުޅައިލުން" މި ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަމައެހެންމެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވިއެވެ. އަދި އެ ރަށްރަށުގެ ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވައި, އެ މުވައްސަސާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!