"ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" ގެ ނަން ބަދަލުކޮށްފި

''ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" ގެ ނަން ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ "ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" ގެ ނަން "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" ގެ ނަމަށް 2022 ސެޕްޓެންބަރު 25 ވަނަ ދުވަހުން ފެށިގެން ބަދަލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ކަމަށެވެ.
އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި, އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 488 ކަމުގައި ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.