ހުޅަނގު މޫސުމުގެ ބާރުގަދަވެ, ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ: މެޓް

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ, ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ ކުރިއަށް މި އޮތް ފަސް ދުވަހު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މެޓު އޮފީހުން ހާމަކުރި ގޮތުގައި މިއަދު ހަވީރު 18:00 އާ ހަމައަށް ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުއެވެ.