ޚަބަރު ސިޔާސީ

ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭ ގޮތެއްގައި މަސައްކަތެއް ނުކުރޭ: އެމްއެންޕީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭ ގޮތުގައި މަސައްކަތްތަކެއް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަކަށް އެ ޕާޓީއަކަށް ފާހަގައެއް ނުކުރެވޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.

Ads by STELCO

އެ ޕާޓީން މިހެން ބުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ހ.ބޮނޑިކަނދޮޅުގެ، 27 އަހަރުގެ
މުޙައްމަދު އަޛުހާން ހޯދުމުގެ މަސައްކަތަށް އެދެވޭ ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

އެމްއެންޕީން ބުނީ އަޛުހާން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށާއި, ނަމަވެސް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށެވެ.

''އަޛުހާން ނުފެނި ގިނަ ދުވަސްތަކެއް ވެފައި ވާއިރު، ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތުގައި މަސައްކަތްތަކެއް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަކަށް މިޕާޓީއަކަށް ފާހަގައެއް ނުކުރެވޭ. ވީމާ ކަމާބެހޭ އިދާރާތަކުން މިހާރަށް ވުރެ ބޮޑަށް މިފަދަ މައްސަލަތަކުގައި ހަރުދަނާ އެކަށޭނަ ފިޔަވަޅުތަކެެއް އެޅުމަށް ގޮވައިލަން.''

އެމްއެންޕީން ބުނީ މީހުން ގެއްލިގެން ހޯދާ މައްސަލަތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އާންމުންގެ އެހީތެރިކަމަށް އެދި ސަރޗް ޕާޓީތައް އެކުލަވާލައި ޓެކްނޮލޮޖީގެ އެހީގައި އެފަދަ މައްސަލަތައް ހައްލުކުރުމަށް އަވަސްވެގަންނަ ކަމަށެވެ. ހަމަ އެ ގޮތަށް ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުމާއެކު ދިވެހި ފުލުހުންނަށް ވެސް މިފަދަ މައްސަލަތައް އަވަހަށް ހައްލު ކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ދިވެހިންނަކީ އަބަދުވެސް އެކަކަށް ދިމާވާ ހިތްދަތިކަމުގައި ބައިވެރިވެ، އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ގުޅިގެން އުޅޭ އެކަތިގަނޑެއް ފަދަ ބައެއްކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Ads by Ooredoo
  1. ާބާޣީން

    ކަލޭމެނަށް ކިހިނެތްތޯ އެނގެނީ މަސައްކަތް ނުކުރާކަމެއް! ތީ ނޭނގޭގޭ ޖާހިލުންނަށްވާތީ މި ކިޔައިދެނީ! އެކަހަލަ ކޭސްތައް އިންވެސްޓިގޭޓުކުރުމުގައި ވަރަށް ސިއްރު އޮބްޒަރވޭޝަންތައް ހުންނާނެ..ކުރާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ހާމަކުރާނަމަ އެކަން ކުރިބަޔަކަށް އެޑުވާންޓޭޖު ނެގޭނެ…މިހާރު ސާފުވެއްޖެކަމަށް ހީކުރަން ބާޣީންނަށް.