ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފުލުހުން ހޯދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުންދާ ހ.ބޮނޑިކަނދޮޅުގެ މުޙައްމަދު އަޛުހާން (27އ) ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފުލުހުންނަށް ހޯދިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

Ads by MWSC

ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވީ، އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މިއަދު ހަވީރު 5:45 ހާއިރު ފެނިފައިވާ ކަމަށެވެ. ހަށިގަނޑު ފެނިފައިވަނީ ކޮން ސަރަހައްދަކުން ކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު، ފަހުގެ ވަގުތެއްގައި އިތުރު ތަފްސީލް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ 06:00 އިން ފެށިގެން އަޛުހާންގެ ޚަބަރެއްނުވެ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19 ވަނަ ދުވަހުގެރޭ 19:00 ހާއިރުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!