ޚަބަރު ސަރުކާރު

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް އެބަކުރަން: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމުގައިހުރި އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން އެތައް އަހަރުތަކެއްވީއިރު ވެސް ތަރައްޤީ ނުކުރެވި އޮތް އޮތުން ކަމަށެވެ. އެފަދަ ތަންތަނަކީ ދުރު ރާސްތާގެ ރޭވުމެއްނެތި ދޫކޮށްފައި ހުރި ތަންތަންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އަގު ވެސް ނުލިބޭ ކަމަށެވެ. އެހެންކަމުން ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ބަދަލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

''އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލިއިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ. އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް މި އަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް، އޭސީސީން އަންނަނީ ތަޙުޤީޤު ކުރަމުން.'' ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަލަށް ހަދާ ރިސޯޓުތައް ތަރައްޤީ ކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!