ޚަބަރު

އަޒްހާންގެ ފޯނު ފެނިއްޖެ، މަރާލާފައިވާ ކަމަށް ބެލެވޭ ހެއްކެއް އަދި ނެތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނީގި ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ފޯނު ފުލުހުން ހޯދައިފިއެވެ.

Ads by MWSC

މައްސަލާގައި މިރޭ ފުލުހުން ވިދާޅުވީ އަޒުހާނުގެ ފޯނުވަނީ ހޯދިފަކަމަށެވެ. ނަމަވެސް އަޒުހާން މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް މިހާތަނަށް މިމައްސަލައިގެ ތަހުގީގަށް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލާގެ ތަހުގީގް ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން ފުުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަޒުހާން ގެއްލިގެން ރިޕޯޓް ކުރުމާއިއެކު މިފަދަ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރާ އުސޫލުގެ މަތީން މާލެއާއި، ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކަށާއި، އިންޓެލިޖެންސަށް މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވީ އަޒްހާންގެ ފޯނަށް އެންމެ ފަހުން ރޭންޖް ލިބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރަކަށް ކަމަށެވެ. ނަމަވެސް އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ޕާކް ތަރައްގީ ކުރާ ސަރަހައްދުންނެވެ. އަދި މިދިޔަ މަހުގެ 20 ވަނަ ދުވަހު އަޒުހާންގެ ހަބަރެއް ވެފައި ނުވާތީ އާއިލާގެ އިޒުނައާއިއެކު އިއުލާން ކުރެވުނުކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!