ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

ނޭކުރެންދޫގައި ހަދަން ވަޢުދުވި ޖަލު މި ދައުރުގައި ނުނިމޭނެކަމަށް ސަރުކާރުން ބުނެފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝެއިޚް އިމްރާން، ރައީސް ޞާލިޙާއެކު

ހދ.ނޭކުރެންދޫގައި ހަދަން ސަރުކާރުން ވަޢުދުވެފައިވާ ޖަލުގެ މަސައްކަތް މި ދައުރުގައި ނުނިމޭނެކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.

Ads by MWSC

އިމްރާނު މިހެން ވިދާޅުވީ އެ ޖަލުގެ މަސައްކަތްތަކާބެހޭ ގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ލިޔުމުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

ހދ.ނޭކުރެންދޫގައި ކަރެކްޝަނަލް ސެންޓަރެއް ޤާއިމުކުރުމުގެ މައްސަލައ ގުޅޭގޮތުން އެކި ފަހަރު މަތިން އެކި ގޮތްގޮތަށް ވަނީ މިނިސްޓަރާ ސުވާލުކުރެވިފައެވެ. މި ވެރިކަމުގެ ބާކީ މިއޮތް މަދު
ދުވަސްކޮޅު ވިދާޅުވެފައިވާ ފަދައިން މިކަން ނިންމާލެވޭނެތޯ؟ މި މަސައްކަތް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށާއި މަކުނުދޫ ދާއިރާގެ 3 ރަށުގެ އެންމެހައި ލޮބުވެތި
ރައްޔިތުންނަށް ދެއްވައިފާނަންތޯ؟ މަނިކުފާނު މިކަމުގައި ކަންކަން އޮތްގޮތް އެނގިހުރެމެ، މިކަމުގައި އިތުރުފުޅު ހައްދަވާފައިވާނެތޯ؟'' ރާއީ ކުރެއްވި ސުވާލުގައި ވެއެވެ.

އިމްރާން ދެއްވި ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އިމްރާން ވިދާޅުވީ އެ މަޝްރޫޢު މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމައިލުމަށް އުންމީދުކޮށް އެ ޓާގެޓު ހާސިލުކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް, އެ މަސައްކަތަށް މިހާރު ލިބިފައިވާ ފައިސާއިން 2023 ވަނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ލަފާކުރެވެނީ ޖަލުގެ ވަށާ ފާރާއި ޖަލުގެ ކޮންސެޕްޓާއި ތަފްސީލްކޮށް ކުރެހުމުގެ މަސައްކަތް ކަމަށެވެ.

ނަމަވެސް މީގެ ކުރިން ޖަލްސާއެއްގައި އިމްރާން ވަނީ ދައުރު ނިމުމުގެ ކުރިން އެ ވަޢުދު ފުއްދާނެކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!