ޚަބަރު ސިޔާސީ

އިގުތިސާދު ބިނާކުރުމުގައި އިސްލާމީ އުސޫލުތަކަށް ބަލަންޖެހޭ: ޑރ.ޝަހީމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މުސްލިމުންގެ އިގުތިސާދު ބިނާކުރުމުގައި އިސްލާމީ އުސޫލުތަކަށް ބަލަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމީ ނިޒާމުގައި އިގުތިސާދަށް ލިބިގެންވާ އެންމެ މުހިންމު ސިފައަކީ އިގުތިސާދު އަގީދާއާ ގުޅިފައިވުން ކަމަށެވެ. އެހެންކަމުން މުސްލިމުންގެ އިގުތިސާދު ބިނާކުރުމުގައި އިސްލާމީ އުސޫލުތަކަށް ބަލަންޖެހޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

''ވަޙީއަށް ބެލުމެއްނެތި، ހަމަ އެކަނި މާއްދިއްޔަތުގެ މައްޗަށް ބިނާވި ހަޟާރަތްތައް ވަނީ އިންދިރާސްވެފަ.''

ޑރ.ޝަހީމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ އެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރާއި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވަނިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!