ޚަބަރު ޝަރުޢީ ދާއިރާ

އެމްއެމްޕީއާރްސީ ޚިޔާނާތް: ފަސް މައްސަލައެއް ޕީޖީއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ފަސް މައްސަލައެއްގެ ތަޙްޤީޤު ނިންމައި ދަޢުވާ ކުރުމާމެދު މަޝްވަރާއަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.

Ads by STELCO

އޭސީސީން ބުނީ އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. އދި ޕީޖީ އޮފީހާއެކު ކުރެވޭ މަޝްވަރާތަކަށްފަހު، މި މައްސަލަތަކާގުޅޭ އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

''އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ 5 މައްސަލައެއްގައި ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި، އެ އޮފީހާއެކު މަޝްވަރާތައް ފަށައިފި.'' އޭސީސީން ބުންޏެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކުރިއެވެ. އެ ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަށް ވަނީ ލިބިފައެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރޭގައި މަޖިލީހުގެ މިހާރުގެ 16 މެންބަރުންނާއި، ކުރީގެ 44 މެންބަރުންނާއި، ފަނޑިޔާރުންނާއި، ކުރީގެ މިނިސްޓަރުންނާއި، މިހާރުގެ މިނިސްޓަރުން ވެސ ހިމެނެއެވެ.

ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤުގައި 338 ފަރާތެއްގެ މައްސަލަ ބަލަންޖެހޭ ކަމަށާއި، މިހާތަނަށް ނިމުނީ 38 މައްސަލަ ކަމަށް އޭސީސީން ކުރިން ބުނެފައިވެއެވެ.

Ads by HDC
  1. ކާލި

    ރިޔާސީ އިންތިހާބު ކައިރިވާތީ ކޮންމެސް ކަމެއް ކުރެވޭތޯ ބަލަނީ، ތިޔަބުނާ މައްސަލާގައި ގިނައިން ބަސްޓުވީ އެމްޑީޕީ ކުދިން !

  2. ނާޅި

    ތިޔަ ބުނާ މައްސަލައަކީ މިޤައުމުގެ މަހުޖަނުން ދައުލަތުގެ ފަޅުރަށާއި ފަޅުތަށް ހޯދަންވެގެން ހިންގި ހީލައްތެރި މަކަރުވެރި ރޭވުމެއް، މިއަދު އެމީހުން އެތިބީ އެކަން ވަރަށް ރަގަޅަށް ފުރިހަމަ ކޮށްގެން ރައްޔިތުންނަށް އޮޅުވާލައިގެން ދޯކާދީފައި ފިލާފައި ! ތިޔަ ކޮމިޝަނަކުން ވާނެ އެއްކަމެއްވެސް ނޯނާނެ !