ޚަބަރު ޝަރުޢީ ދާއިރާ

ޖޭއެސްސީ އިސްލާހު ކުރުމަށް ޢާންމުންގެ ޚިޔާލު ހޯދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުތަކުގެ އިސް ގާޒީންނާއި ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާ ބައްދަލުކުރުން. ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރުމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި, ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ސަރުކާރުން ވަނީ ގަސްދުކޮށްފައެވެ.

އެޓާނީ ޖެެނެރަލްގެ އޮފީހުން މިހާރު ވަނީ ބައެއް މުއައްސަސާތަކާއެކު އެކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތައް ވެސް ފަށާފައެވެ.

އެ އޮފީހުން އިއްޔެ ބުނީ ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ފެންނާތީ ކަމާގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި އެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.

އެ ގޮތުން އެކަމަށްޓަކައި އެކުލަވާލާފައިވާ ފޯމު މެދުވެރިކޮށް ޚިޔާލު ހުށަހެޅުއްވުމަށް މި ލިންކް  ( https://tinyurl.com/mwj3mkm7 ) ވެސް ބޭނުން ކުރެވޭނެއެވެ. އަދި އީމެއިލްގެ ޒަރީއާއިން ޚިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް ( [email protected]  ) އަށް އީމެއިލް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

Ads by Allied Insurance
  1. ޖޭއެސްސީ އުވާލަން ފެނޭ ޖޭއެސްސީ އޮންނާކަށެއް ނުޖެހޭ ދައުލަތުގެ ތިންބާރު މިއޮންނަނީ ވެރިކަން ހިންގުން ޤާނޫނު ހެދުން އަދުލު އިންސާފު، ވެރިކަން ރައީސު އޮފީސް، ޤާނޫނު ހަދާ މަޖިލިސް މިދެބާރު ހިންގަނީވެސް ކޮމިޝަނެއް ހަދައިގެނެއްނޫން ވީއިރު ޖުޑިޝަރީވެސް ކޮމިޝަނަކުން ހިންގާކަށެއްނުޖެހެ ޖުޑިޝަރީ ހިންގާނީ ޖުޑިޝަރީގެ އިސްވެރިޔާ އުއްތަމަ ފަޑިޔާރު އަދި ފަޑިޔާރުން !