ޚަބަރު

200 މީހުން ފައްސި ވިޔަސް ހަދާނެ ގޮތް ހުސްވާކަށް ނުޖެހޭ : ރައީސް ނަޝީދު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19 އަށް ދިވެހިރާއްޖެއިން 200 މީހުން ފައްސިވި ކަމުގައި ވިޔަސް ހަދާނެ ގޮތް ހުސްވެގެން އުޅެން ނުޖެހޭ ކަމަށާއި އަދި ރައްޔިތުން ހާސް ނުވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ ކުރިމަގު ފެނިވަޑައިގަންނަވަނީ ކިހިނެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ޖަވާބު ފެއްޓެވީ ޅެން ބައިތަކުންނެވެ. އެގޮތުންގުލްޒާރުގައި ނަޔާ މަގޭ، ނޫރާނީ މާ ފޮޅޭނެއޭމި ޅެންބައިތު ވިދާޅުވިއެވެ.

އަދި އެޅެމަށްފަހު ނަޝީދު ވިދާޅުވީ މި ގާނޫނީ ދައުލަތަކީގުލްޒާރަކަށްވާއިރުބުލްބުލްތަކާއި ކޮކާތައްއެ ގުލްޒާރުގައި ފަރިވާނެ ކަމަށާއި ރައްޔިތުން ހާސް ނުވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

މާދަމާ ގޮސް ވެ ނިމޭނެ ކަމެއްނެތް. ކަންބޮޑުވެ ނުލައްވައްޗޭ. 200 ޕޮސިޓިވް ވީމަ، އެއީ އަޅުގަނޑުގެ ނަޒަރުގައި ހަދާނެ ގޮތް ހުސްވާން ޖެހޭ ވަރުގެ ކަމެއްނޫން. އަޅުގަނޑުގެ އެންމެ ބޮޑު އިލްތިމާސް އަކީ ހާސް ނުވައްޗޭނަޝީދު ވިދާޅުވިއެވެ.

ދިވެހިންވަނީ ކަންކަމުން އަރައިގެންފައި ކަމަށާއި އެގޮތުން  އެކި ކަންކަމުގައި ގާނޫނީ ހައްލު ވެސް ހޯދައިފައިވާ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އެހެން ވަސީލަތްތައް ހޯދައިގެން މި ގުލްޒާރު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކުމެ އެތައް ބަޔަކު ދަނީ ކޮވިޑް-19 އަށް ފައްސި ވަމުންނެވެ. އެގޮތުން މިހާތަނަށް 4،680 މީހުން ރާއްޖެއިން ފައްސިވެފައިވެއެވެ. 

Ads by Ooredoo
  1. މީނަ ހަމަތަ؟؟