ވިޔަފާރި

ބީއެމްއެލް ސްމޯލް ގްރާންޓުގެ ސުންގަޑި މި މަހު 15 އަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބީއެމްއެލް ސްމޯލް ގްރާންޓަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތު މިމަހު 15 އަށް ހަމަވާނެއެވެ.

Ads by MWSC

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރެވުނު 'ސްމޯލް ގްރާންޓްސް' ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ބޭންކުން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ.

ބީއެމްއެލް 'ސްމޯލް ގްރާންޓްސް' ފަންޑުގެ ދަށުން އެހީދިނުމަށް ހަމަޖެހިފައިވަނީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތަކަށެވެ. އެ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 250،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ސްމޯލް ގްރާންޓަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރަޖިސްޓަރީ ވެފައިވާ ޖަމިއްޔާތަކަށް ކަމަށެވެ.

މި ގްރާންޓާ ގުޅޭ މައުލޫމާތު www.bankofmaldives.com.mv/smallgrants ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!