ބީއެމްއެލް އަށް 33 ވީލްޗެއާ ހޯދަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 33 މޮޓޮރައިޒްޑް ވީލްޗެއާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ގައުމީ ބޭންކުން މިކަމަަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބީއެމްއެލްގެ ހެޑް އޮފީހުގެ ފަސް ވަނަ ބުރީގައި އޮންނާނެ އެވެ.
ބީއެމްއެލުން ބުނީ އިތުރު މައުލޫމާތު މި މެއިލް[email protected] އާއި 3015359/3015349 ނަމްބަރުތަކުން ހޯދޭނެ ކަމަށެވެ.
Ads by Allied Insurance