ވިޔަފާރި

ބީއެމްއެލްގެ އެހީ 100 އާއިލާއަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއެކު އެހީތެރިކަން ބޭނުންވެފައި ތިބި ކުޑަކުދިންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

Ads by STELCO

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ އާއިލާތަކަށް އަސާސީ ކާބޯތަކެތީގެ ޕެކޭޖް ފޮނުވާފައިވާ ކަމަށެވެ.

ބީއެމްއެލް އިން 2021 ވަނަ އަހަރުވެސް އާއިލާތަކަށް ރަމަޟާން މަހު އެހީތެރިވުމަށް އާކް އަށް ވަނީ 100،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!