ވިޔަފާރި

ބީއެމްއެލްގެ އެމެކްސް ކާޑް ރާއްޖެއިން ބޭރުގައި ބޭނުން ކުރެވޭ ގޮތް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ރާއްޖޭން ބޭރުގައި ވެސް ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ.

Ads by MWSC

ގައުމީ ބޭންކުން މިއަދު ބުނީ ކުރިން ހަމައެކަނި ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ތައާރަފުކުރި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޑޮލަރު އެކައުންޓާ ލިންކްކުރުމުން 3،000 ޑޮލަރާ ހަމަޔަށް އޮންލައިންކޮށް އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް ވެސް މިހާރު ބޭނުން ކުރެވޭނެ ކަމަށެވެ.

ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީން ވިދާޅުވީ އެމެރިކަން އެކްސްޕްރެސްއާ އެކު ހަދާފައިވާ ދުވަސްވީ ޕާޓްނާޝިޕްގެ ދަށުން ދޫކުރަމުން އަންނަ ޑެބިޓް ކާޑު އިތުރަށް ފުޅާކޮށް ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ބަލައިގަންނަ ގޮތް ވުމަކީ ކަސްޓަމަރުންނަށް ދެވޭ ވަރަށް ހާއްސަ ހިދުމަތެއް ކަމަށާއި މިކަމާ ވަރަށް ލިބޭ އުފާކުރައްވާ ކަމަށެވެ.

އެމެރިކަން އެކްސްޕްރެސްގެ ގްލޯބަލް ނެޓްވޯކް ސާވިސަސް އިންޑިއާ އެންޑް ސައުތު އޭޝިއާގެ ވައިސް ޕްރެޒިޑެންޓް، ދިވްޔާ ޖެއިން ވިދާޅުވީ ދެކުނު އޭޝިއާގައި ބީއެމްއެލް އަކީ އެމެރިކަން އެކްސްޕްރެސް އަށް ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި ތިބި އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ހަރަދު ކުރާ ގޮތަށް ބެލުމަށް ފަހު އިތުރު ލުއި ފަސޭހަކަމެއް ހޯދައި ދިނުމަށް ގެނެވުނު ވަރަށް ބޭނުންތެރި ބަދަލެއް ކަމަށެވެ. ވިދާޅުވިއެވެ.

އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޑޮލަރު އެކައުންޓަށް ބަދަލުކުރަން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި އަލަށް ކާޑަށް އޮންލައިންކޮށް ވެސް އެޕްލައި ކުރެވޭނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!