ދުނިޔެ

އިންޑިއާގައި 5ޖީ ޚިދުމަތް ޑިސެންބަރު މަހު ލިބޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މޯބައިލް ފޯނު އުފައްދާ ފަރާތްތަކަށް ހައި ސްޕީޑް ނެޓްވޯކް އެޑޮޕްޓް ކުރުމަށް ޕްރެޝަރު ކުރަމުން އަންނަ މިދަނޑިވަޅުގައި، އެޕަލް އިންކް އާއި ސެމްސަންގް އިލެކްޓްރޯނިކްސް އިން އިންޑިއާގައި 5ޖީ ސަޕޯޓްކުރާ ފޯނުތަކަށް ސޮފްޓްވެއާ އަޕްގްރޭޑް ކުރާނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިތަކުން ހާމަކޮށްފިއެވެ.

Ads by WAMCO

އެޕަލް އިން ބުނީ ފަހުގެ މޮޑެލްތަކަށް ސޮފްޓްވެއާ އަޕްގްރޭޑްކުރުމަށް ބާރު އަޅާނެ ކަމަށާއި އޭގެ ތެރޭގައި އައިފޯން 14، 13، 12 އަދި އައިފޯން އެސްއީ ހިމެނޭ ކަމަށެވެ.

"އިންޑިއާގައި ތިބި އަޅުގަނޑުމެންގެ ކެރިއަރ ޕާޓްނަރުންނާގުޅިގެން މަސައްކަތް ކުރަމުން މިދަނީ، ނެޓްވޯކް ވެލިޑޭޝަން އަދި ކޮލިޓީ އަދި ޕަރފޯމަންސް އަށް ޓެސްޓް ކޮށް ނިމުނުހާ އަވަހަކަށް އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ 5ޖީ އެކްސްޕީރިއަންސް ގެނެސްދިނުމަށް،" އެޕަލް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"5ޖީ ސޮފްޓްވެއާ އަޕްޑޭޓެއް މެދުވެރިކޮށް ބޭނުންކުރެވޭނެ، ޑިސެމްބަރު މަހު އައިފޯން ބޭނުންކުރާ ފަރާތްތަކަށް ރޯލްއައުޓް ކުރަން ފެށޭނެ."

ސެމްސަންގް އިންޑިއާގެ ތަރުޖަމާނަކު ވިދާޅުވީ ނޮވެމްބަރު މަހުގެ މެދުތެރޭގައި އެ ކުންފުނިން 5ޖީ ގެ ހުރިހާ ޑިވައިސްތަކެއްގެ އަޕްޑޭޓްތައް ރޯލްއައުޓް ކުރާނެ ކަމަށެވެ.

އެޕަލް، ސެމްސަންގް، ވީވޯ އަދި ޒިއޯމީ އަދި ޓެލެކޮމް އޮޕަރޭޓަރުން ކަމަށްވާ ރިލަޔަންސް، އެއާޓެލް އަދި ވޮޑަފޯން އައިޑިއާ (ވީއޯޑީއޭ) ގެ އެގްޒެކެޓިވްސް ހިމެނޭ ގޮތަށް 5ޖީ އެޑޮޕްޝަނަށް ހާއްސަކޮށްގެން އިލެކްޓްރޯނިކްސް މިނިސްޓްރީ އާއި އައިޓީ އޮފިޝަލުން ބުދަ ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

އެ އެޖެންޑާގައި ހައި-ސްޕީޑް ނެޓްވޯކަށް އެހީތެރިވުމުގެ ގޮތުން ސޮފްޓްވެއާ އަޕްގްރޭޑްތައް ދޫކުރުން "އިސްކަންދިނުން" ހިމަނާފައިވާ ކަމަށް ބައްދަލުވުމަށްފަހު ނެރުނު މެމޯގައި ބުނެފައިވެއެވެ.

އިންޑިއާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ 5ޖީގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!