އެމެރިކަން އެކްޕްރެސް ކާޑު ދެން ބޭނުންކުރެވޭނީ ސެކިއުރިޓީ ކޯޑް ޖަހައިގެން
ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުންކުރާ ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ކާޑު ދެން ބޭނުން ކުރެވޭނީ ސެކިއުރިޓީ ކޯޑްގެ ޖަހައިގެން ކަމަށް ބީއެމްއެލުން ބުނެފިއެވެ.
ގައުމީ ބޭންކް ބީއެމްއެލުން ބުނީ، ޕޭމަންޓް ގޭޓްވޭއަށް ދާދިފަހުން ގެނެވުނު ބަދަލާ އެކު އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ އެ ބޭންކުގެ ކަސްޓަމަރުން، އޮންލައިން މުއާމަލާތްތައް ކުރާ އިރު ސެކިއުރިޓީ ކޯޑުގެ ގޮތުގައި ޖަހަން ޖެހޭނީ ހަތަރު އަކުރުގެ ސެކިއުރިޓީ ކޯޑު ކަމަށެވެ.
އެ ކޯޑު ހިމަނާފައި ވާނީ އެމެރިކަން އެކްސްޕްރެސް ކާޑުގެ ކުރި މަތީގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ. ކާޑުގެ ފަހަތުގައި ވާ ތިން އަކުރުގެ ކޯޑު ބޭނުންކޮށްގެން އެފަދަނަ މުއާމަލާތް ކުރަން އުޅުނު ކަމުގައި ވިޔަސް އެ މުއާމަލާތް ފުރިހަމަ ނުކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރާ އަދި މާޗަންޓް ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ.