ޚަބަރު އިޖުތިމާޢީ

ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

Ads by Sosun Fihaara

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ށ.އަތޮޅުން ފެށިގެން ދ.އަތޮޅަށް މިއަދުގެ 9:15 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓު އޮފީހުން ރޭ ހާމަކުރި ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ވަނީ ގަދަވެފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަަތަރު ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުންޏެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!