ޚަބަރު އިޖުތިމާޢީ

ޝިއާ މަރުވި ފަހުން ވެސް ބޮޑެތި އަނިޔާތަކެއް ދީފައިވޭ: ފުލުހުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝިއާއު މުޙައްމަދު

ޏ.ފުވައްމުލަކު/ކުރި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (22 އ) މަރައިލި ފަހުން ވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

މިދިޔަ އޮގަސްޓު 06 ވަނަ ދުވަހުގެ ރޭ ހ.ޝީރީންވިލާގެ 09 ވަނަ ފަންގިފިލާގައި އަނިޔާވެރި ގޮތަކަށް މަރައިލި ޝިއާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިދިޔަ އޮގަސްޓުމަހުގެ 11 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުނީ އެ މަހުގެ 17 ވަނަ ދުވަހުއެވެ.

މަރުގެ މައްސަލައިގެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މަރައިލި ފަހުން ވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އެނގޭ ކަމަށެވެ.

''އަޅުގަނޑުމެންނަށް ކަށަވަރުކޮށް ދަންނަވަން އެނގޭ އެއްކަމަކީ ޝިއާއު މުޙައްމަދު މަރުވި ފަހުން ވެސް އޭނައަށް ބައެއް ކަހަލަ އަނިޔާތައް, ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފަވާކަން.''

ޝިއާގެ ހަށިގަނޑު ފެނުނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23 އ) ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ. އޭނާ ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި މަރައިލި ގޮތުގެ ތަފްސީލު ވެސް އެބަހުރި ކަމަށާއި, ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ކުރެެވޭނެ ކަމަށެވެ. އަދި ތަޙްޤީޤު އެއްކޮށް ފުރިހަމަކުރުމަށްފަހު ކުރިއަށް އޮތް ދެ ހަފުތާތެރޭ ދަޢުވާކުރަން ފޮނުވާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by Ooredoo
  1. މުހަންމަދު

    މާތްﷲ އިންސާނުން ޙާއްސަ އަންހެނުން އުޅެން އަންގަވާފައިވާ ގޮތާއި ޚިލާފަށް އުޅޭންޔާ ދިމާވާނީ ދެރަ ގޮތް ގޮތް….