ވިޔަފާރި

ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒިފުންގެ އަގު ވަޒަންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ "ސްޓާފް އެވޯޑްސް"ގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

Ads by Hajj Corporation

ސޯޝަލް ސެންޓަރުގައި ބޭއްވި އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި ވަނީ އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރި އެބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފައެވެ.

މި ހަފްލާގައި، ޙަސަން އަޤްލީމް (ނޯތު ކްލަސްޓަރ މެނޭޖަރ) އަދި މުޙައްމަދު އަޝްރަފް (ހެޑް އޮފް ޕީޕަލް ޑިވެލޮޕްމަންޓް) ވަނީ ޝަރަފުވެރި އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފައެވެ. ފާތިމަތު ފާރިހަތު ވަޙީދު (ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަރނަންސް)، ޢަބުދުﷲ ޞަބާޙް (ސީނިއަރ މެނޭޖަރ، ޕްރީމިއަމް ބޭންކިންގ) އަދި ބީއެމްއެލް މޯބައިލް އެޕް ޓީމް ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހޯދާފައެވެ. މުޙައްމަދު ސަޢީދު (ފަބްލިކް ރިލޭޝަންސް މޭނޭޖަރ) ވަނީ ބެސްޓް ލީޑަރ އެވޯޑް އަދި އަލީ ޒައިދު މުޙައްމަދު (ކޮމްޕްލައަންސް މެނޭޖަރ) ވަނީ ބެސްޓް މެނޭޖަރ އެވޯޑުވަނީ ހޯދާފައެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ބެސްޓް އެޓޯލް އެމްޕްލޯއީ، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެއެވެ. މި ހަފްލާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީނާއި ބޭންކުގެ ބޯޑުގެ ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ އެ ބޭންކުގެ 40ވަނަ އަހަރީ ދުވަސް މިއަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުންދާއިރު ފާއިތުވި އަހަރުތަކުގައި ބޭންކުގެ ކާމިޔާބީ އާއި ކުރިއެރުމުގެ ހަގީގީ ބާނީންނަކީ މުވައްޒަފުންކަމަށެވެ.

ސްޓާފް އެވޯޑަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓަޖީގެ މުހިންމު ބައެއްކަމަށް އެ ބޭންކުން ހާމަކުރައްވައެވެ. ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއި ން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވިދިވިދިގެން ހަތަރު ފަހަރަށް ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ ލިބިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!