ވިޔަފާރި

ބީއެމްއެލް ހެކަތަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 30 އަށް ވުރެ ގިނަ ބައިވެރިންނާއެކު ހެކަތަން މިއަދު ފަށައިފިއެވެ.

Ads by STELCO

ހޮޓެލް ޖެންގައި މި ހެކަތަން ކުރިއަށް ގެންދަނީ 'ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއަންސް' ތީމްގެ ދަށުންނެވެ.

ހެކަތަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 48 ގަޑިއިރަށެވެ. މި ހެކަތަންގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ހެކަތަންގެ ބައިވެރިންނަށް ފުރުސަތު ދީފައިވެ އެވެ

މި ހެކަތަންގައި ތިން ޓީމު ހޮވައި ޓީމުތަކުން ހުށަހަޅާ ހިޔާލު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. މި މުއްދަތުގައި މަސައްކަތް ކުރުމަށް ހާއްސަ އޮފީހަކާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާގެ އިތުރުން ޑިވެލޮޕްކުރާ ސޮލިއުޝަނަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ބީއެމްއެލް އިން ހަމަޖައްސައިދިނުމަށް ނިންމާފައިވެ އެވެ.

ހެކަތަން ކާމިޔާބު ކުރާ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!