ދުނިޔެ

ކާޑުގެ އަގު އުފުލިޔަ ނުދޭނަން: އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގައި ހަނޑޫ އަދި ގޮދަން ސްޓޮކް އެކަށީގެންވާ މިންވަރަށް އެބަހުރި ކަމަށާއި އަގުތައް ކޮންޓްރޯލް ކުރަން ޖެހިއްޖެ ނަމަ ސަރުކާރުން އޯޕަން މާކެޓުގައި ވިއްކާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސިއުމާ އެފެއާޒް، ފުޑް އެންޑް ޕަބްލިކް ޑިސްޓްރިބިއުޝަނުން ބުނެފިއެވެ.

Ads by WAMCO

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ މެންބަރު ސުދާންޝޫ ޕާންޑޭ ބުނީ ހަނޑުލާއި ގޮދަނުގެ ސްޓޮކް އެބަހުރި ކަމަށާއި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"ބޭނުންވާ ހާލަތެއް އައިސްފިނަމަ އެކަން ކުރާން" ލޯކަލް އަގުތައް އުފުލިއްޖެނަމަ ސަރުކާރުން އަގު ކޮންޓްރޯލް ކުރަން މަސައްކަތް ކުރާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ބާސްކެޓްގެ ގާތްގަނޑަކަށް 40 އިންސައްތަ ހިއްސާކުރާ ކާބޯތަކެތީގެ އިންފްލޭޝަން ސެޕްޓެމްބަރު މަހު ވަނީ 8.60 އިންސައްތަ މައްޗަށް ގޮސްފައެވެ.

ރީޓެއިލް ކާބޯތަކެތީގެ އަގު ތައް މަތިވީ ސީރިއަލް އާއި ތަރުކާރީގެ އަގު ބޮޑުވުމާ ގުޅިގެންނެވެ.

ޕާންޑޭ ވިދާޅުވީ ސްޓޭޕަލްގެ އަގުތައް އުފުލިފައި ވަނީ އާދައިގެ ސްޕީޑެއްގައި ކަމަށާއި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކާޑުގެ އަގުތައް ހިފެހެއްޓުމަށް މަގުފަހިވެފައިވާ ކަމަށެވެ.

މިދިޔަ މާޗް މަހުގެ މެދުތެރޭގައި ކުއްލިއަކަށް ފިނިހޫނުމިން އިތުރުވުމާ ގުޅިގެން، ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް އުފައްދާ އިންޑިއާއިން ވަނީ އެ ގައުމުގެ 1.4 ބިލިއަން މީހުންނަށް ބޭނުންވާ ކާބޯތަކެތި ރައްކާތެރިކުރުމަށް ޓަކައި މި ބާވަތްތައް އެކްޕޯޓްކުރުން ވަނީ މަނާކޮށްފައެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަތުމުން ބްލެކް ސީގެ ސަރަޙައްދުގެ ސަޕްލައިތަކަށް ބުރޫއެރުމާއި ގުޅިގެން އިންޑިއާއިން ގޮދަން އެކްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ފަށާއިރު، ދައުލަތުގެ ގުދަންތަކުގައި ހުރި އިންޑިއާގެ ގޮދަނުގެ ސްޓޮކް 11.3 މިލިއަން ޓަނުގައި ހުންނާނެ ކަމަށް ލަފާކުރެވޭ އިރު، ހަނޑުލުގެ ސްޓޮކް ފެންނަނީ 23.7 މިލިއަން ޓަނުގައި ކަމަށް ޕާންޑޭ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!