ދުނިޔެ

އިންޑިއާގައި ކަފަ އުފައްދާ ނިސްބަތް މައްޗަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2022/23 ވަނަ އަހަރުގެ ސީޒަންގައި އިންޑިއާއިން 34.4 މިލިއަން ބޭލްގެ ކަފަ އުފައްދާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ވިޔަފާރި ޖަމިއްޔާއިން ބުނެފިއެވެ.

Ads by WAMCO

މިއީ ކަފަ ހައްދާ ދަނޑުވެރިން ދަނޑުވެރިކަން ކުރާ ސަރަހައްދު ފުޅާކުރުމާއެކު މީގެ އަހަރެއްހާ ދުވަސް ކުރިން އުފެއްދި އަދަދާ އަޅާބަލާއިރު 12 ޕަސެންޓް އިތުރު އަދަދެކެވެ.

ދުނިޔޭގައި އެންމެ ގިނައިން ކަފަ އުފައްދާ އިންޑިއާ އުފެއްދުންތެރިކަން އިތުރުވުމުގެ ސަބަބުން، މިއަހަރުގެ ކުރީކޮޅު، ކަފައިގެ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭ އެންމެ މައްޗަށް ދިއުމަށްފަހު، ދުނިޔޭގެ އަގުތައް ވަރަށް ބޮޑަށް ރަނގަޅުވެގެން ވަނީ ގޮސްފައެވެ.

ކޮޓަން އެސޯސިއޭޝަން އޮފް އިންޑިއާ (ސީއޭއައި)ގެ ރައީސް އަތުލް ގަނަތުރާ އިންޑަސްޓްރީކޮންފަރެންސެއްގައި ވިދާޅުވީ ކަފަ ހައްދާ ސަރަހައްދު ގާތްގަނޑަކަށް 10 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި ހެކްޓަރަކުން ލިބޭ އުފެއްދުންތައް ވެސް މި އަހަރު އިތުރުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން އާ ސީޒަން ފެށީ 3.19 މިލިއަން ބޭލްގެ ކެރީ ފޯވާޑް ސްޓޮކާއެކު ކަމަށާއި މިއީ މިދިޔަ އަހަރުގެ 7.18 މިލިއަން ބޭލްއަށް ވުރެ ދަށް އަދަދެއް ކަމަށެވެ.

އަދި ސްޓޮކް ދަށްވުމާއި އަގުބޮޑުވުމުގެ ސަބަބުން އަސަރުކުރި އެ ގައުމުގެ ކަފަ ބޭނުންކުރާ މިންވަރު އާ ސީޒަނުގައި 32 މިލިއަން ބޭލްއަށް ރަނގަޅުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އާ ސީޒަނުގައި އެކްސްޕޯޓް ކުރި މިންވަރު 3.5 މިލިއަން ބޭލްއަށް ވެއްޓިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!