ވިޔަފާރި

ބީއެމްއެލްގެ ހެކަތޮންގެ ގަދަ 3 ހޮވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޒުވާން ޑިވެލޮޕަރުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭއްވި ހެކަތޮން ކާމިޔާބުކުރި ޓީމްތައް ހޮވައިފި އެވެ.

Ads by STELCO

މިދިޔަ ހުކުރު ދުވަހު ފަށައި ރޭ ނިންމައިލި މި އިވެންޓްގައި ފިންޓެކްގެ ދާއިރާ އިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ގަދަ ތިނެކީ އަހުމަދު މަހުފޫޒާއި ހުސައިން ޒަޔާން އަދި މޫސާ އިރުޝާންގެ ޓީމުން ހުށަހެޅި "ޑިޖިޓަލް އޮންބޯޑިން" އާއި މުހައްމަދު އާތިކް އަލީ ރިޒާ، ފާތިމަތު އަރީން ނަސީމް އަދި މުހައްމަދު ޔާނިއު ރަމީޒު ހުށަހެޅި "އެކްސްޕެންސް ޓްރެކާ" ގެ އިތުރުން މުހައްމަދު ޖައިލަމާއި އިބްރާހިމް ހުސައިން ޝަރީފް އަދި މުހައްމަދު އީމާން ހުށަހެޅި "ޕާސަނަލް ފައިނޭންސް މެނޭޖާ" އެވެ.

ހެކަތޮން ކާމިޔާބު ކުރި ޓީމްތަމަށް މަރުހަބާ ވިދާޅުވެ ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ މި ހެކަތަން މެދުވެރިކޮށް، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ލިބިފައިވާ ކަމަށެވެ.

"މީގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ހެކަތަންގެ ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި މެންޓާސްއަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން." އޭނާ ވިދާޅުވި އެވެ.

ހެކަތޮންގެ ގަދަ ތިނެކަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދޭ އިރު
ހޮވުނު ޓީމުތަކާ އެކު އެ ޓީމްތައް ހުށަހަޅާ ސޮލިއުޝަން ބޭންކާ އެކު އެއްބަސްވެވޭ އަގެއްގައި ގަތުމަށް ވެސް ވަނީ ހަމަޖެހިފައިވެ އެވެ.

ހެކަތޮން ކާމިޔާބުކުރި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000ރ. ދޭން ނިންމާފައިވާ އިރު، ޑިވެލޮޕްކުރާ ސޮލިއުޝަންތަކަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!