ވިޔަފާރި

ސާފިން ޓީމްތަކުގެ ސްޕޮންސަރަކަށް ބީއެމްއެލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

Ads by MWSC

ގައުމީ ބޭންކުން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކީ ހެދި ސްފޮންސަޝިޕް އެެއްބަސްވުމުގެ ދަށުން، ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓްކޮށް ކުރުމަށް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ ހަމަޖެހިފައިވާ "ނޭޝަނަލް ޖޫނިއަ ސފިންގ ޗެންޕިއަންޝިޕް" އަށް އެހީވުމަށް ހަމަޖެހިފައިވެއެވެ.

ބީއެމްއެލްގެ އިންޗާޖް/އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ އެމްއެސްއޭއާ އެކީ ހެދި އެއްބަސްވުމުގެ ތެރެއިން ބީއެމްއެލް އިން އުންމީދު ކުރަނީ ސާފިން ކުރިއަރުވައި ޒުވާން އެތުލީޓުންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މި އަހަރު 40 އަހަރު ފުރުނު ބީއެމްއެލް އިން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅު އެތުލީޓުންނަށް ސްޕޯޓްސް ސްކޮލަޝިޕްގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ސާފިންގެ އިތުރުން ފުޓްބޯޅަ އާއި ސްވިމިންގެ އަދި ޓެނިސް ކުރިއަރުވަން އެ ބޭންކުން ޕާޓްނަޝިޕް ހަދާފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!