ދީން

އިސްލާޙްކުރަން ބައެއްފަހަރު އެންމެ އުނދަގޫ މީހަކީ ޚުދު ތިބާގެ އަމިއްލަ ނަފުސް: މުފްތީ މެންކް

ދެން އެމްވީ ، ދެން އޮންލައިން

އިސްލާޙްކުރަން ބައެއްފަހަރު އެންމެ އުނދަގޫ މީހަކީ ތިބާގެ އަމިއްލަ ނަފްސު ކަމުގައި ޒިމްބާބުވޭގެ މުފްތީ އިސްމާއީލް އިބުނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

Ads by STELCO

މީސްމީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު ނަސޭހަތާއި ހެޔޮ އެދުމުގެ އެތައް މެސެޖުތަކެއް ދެއްވާ މުފްތީ މެންކް ވިދާޅުވެފައިވަނީ އިޞްލާޙް ކުރަން ބައެއް ފަހަރު އެންމެ އުނދަގޫ މީހަކީ ޚުދު ތިބާގެ އަމިއްލަ ނަފްސް ކަމަށާއި އިންސާނުން ކަމަށްވީތީ ނުބައިކަންކަން ނުވަތަ ފާފަ ކުރެވޭނެ ކަމަށެވެ. އަދި އެއީ ލަދުވެތި ވާންޖެހޭ ކަމެއް ނޫން ކަމަށާއި ލަދުވެތި ވާންވީ ނުބައިމަގުގައި ދުވަސްތައް ހޭދަ ކުރަމުން ދާތީ ކަމަށެވެ.

''އިންސާނުން ކަމަށްވީތީ ނުބައިކަންތައް ކުރެވޭނެ ، އެއީ ލަދުވެތި ވާން ޖެހޭ ކަމެއް ނޫން ، ލަދުވެތި ވާންވީ ކަމަކީ ނުބައިކަންތައް މަތީގައި ދުވަސްތައް ހޭދަ ކުރަމުން ދިޔުން ، އުނދަގޫ ކަމަކަށް ވީނަމަވެސް އިޞްލާޙްވޭ  ، ރަނގަޅު މަގަށް އެނބުރޭ" މެންކު ވިދާޅުވެފައިވެއެވެ.

މުޅި އިސްލާމީ އުއްމަތުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން އިޙްތިރާމް ލިބިގެންވާ މުފްތީ މެންކަކީ މީސްމީޑިއާގައި ނުފޫޒު ގަދަ ބޭފުޅެކެވެ. އެގޮތުން މުސްލިމުންނާއި ޣައިރު މުސްލިމުންގެ އެތައް މިލިއަން ބަޔަކު މީސްމީޑިއާގައި އެމަނިކުފާނު ފޮލޯ ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!