ޚަބަރު ސަރުކާރު

މަސްވެރިންނަށް ވަޢުދުވި ޕްލެޓްފޯމުތައް އެޅުމަށް މަޝްވަރާ އެބަ ކުރެވޭ: ސަރުކާރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަން ކުރެވޭ ސަރަހައްދުތައް ފާހަގަކޮށް ކަނޑުގެ ވަކި ޕޮއިންޓްތަކެއްގައި އަޅަން މި ސަރުކާރުން ވަޢުދުވި ޕްލެޓްފޯމުތައް އެޅުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

ކަންނެލީގެ އަގު ބޮޑުކުރުމަށް ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން ޢާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް ހެދޭ އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމްތައް ގާއިމުކުރުމަކީ މި ސަރުކާރުގެ ވަޢުދެކެވެ. ސަރުކާރުން ބުނެފައިވާ ގޮތުން އެ ޕްލެޓްފޯމްތަކުން މަސްވެރިންނަށް ބޭނުންވާ އައިސް, ތެޔޮ އަދި އެހެނިހެން ސާމާނު ފޯރުކޮށްދެވޭނެއެވެ.

އޭގެ އިތުރުން ސައިހޮޓަލާއި މަސްވެރިންނަށް ބޭނުންވާނޭ އެހެނިހެން ޚިދުމަތްތައް އެ ޕްލެޓްފޯމްތަކުން ލިބި، ދެކޮޅު ދަތުރުގެ ފައިދާ އިތުރުކުރެވޭނޭ ނިޒާމެއް ގާއިމުކުރުން ހިމެނޭކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

އެ ޕްލެޓްފޯމުތައް ވީ ކިހާ ހިސާބަކުތޯ ސުވާލު ދެންނެވުމުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ޕްލެޓްފޯމުތައް އެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވިއެވެ.

''މަޝްވަރާތައް ކުރިއަށް ދޭ. އެކަމު އަމަލީ މަސައްކަތް އަދި ނުފެށޭ.'' އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ސަރުކާރުން މަސްވެރިންނަށް ގިނަ ވަޢުދުތަކެއްވިއެވެ. ނަމަވެސް އެއިން އެއްވެސް ވަޢުދެއް އަދި ނުފުއްދޭތީ މަސްވެރިން އަބަދުވެސް ޝަކުވާ ކުރެއެވެ.

Ads by Allied Insurance
  1. ރިސޯޓް ތަކުގެ ޝެއާރްވެސް ހޯދަދޭން ބުނި އެވެސް ނުލިބިގެން ރައްޔިތުން އުޅެނީ !