ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް އައްޔަންކުރެއްވި މާހިރަށް މަގާމުގެ ފަތްކޮޅު އަރުވައިފި

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް އައްޔަންކުރެއްވި އަލްއުސްތާޒު އިބްރާހީމް މާހިރަށް މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލްއުސްތާޒު އިބްރާހީމް މާހިރު ވަނީ މަގާމުގެ ހުވާ ކުރައްވައިފައެވެ.
އިބްރާހީމް މާހިރާއި މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ޖޭއެސްސީގެ ރައީސް ހިސާން ޙުސައިނެވެ.
އިބްރާހީމް މާހިރު ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވީ
2005 ވަނަ އަހަރުގެ ނޮވެމްބަރު 09 ވަނަ ދުވަހުއެވެ.
އެ ގޮތުން އެންމެ ފުރަތަމަ އޭނާ ހުންނެވީ މަދަނީ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. ފެމިލީ ކޯޓުގެ ގާޒީކަން ކުރައްވަން ފެށްޓެވީ 2010 ވަނަ އަހަރުގެ މޭއި މަހުގެ 23 ގަ އެވެ.
އިބްރާހީމް މާހިރު ހިމެނޭހެން ފެމިލީ ކޯޓުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ.