އިންޑިއާގެ އެހީގައި އިނގިރޭސިވިލާތުން 36 ސެޓެލައިޓް ލޯންޗްކޮށްފި
އިންޑިއާގެ ރޮކެޓެއް މެދުވެރިކޮށް 36 އިންޓަރނެޓް ސެޓަލައިޓް އޯބިޓަށް ދޫކޮށްލައިފިއެވެ.
އިންޑިއާގެ ޖައްވީ އިދާރާއިން ބުނީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް މަހެއް ވަންދެން ލަސްވުމަށްފަހު އިނގިރޭސިވިލާތުގެ ސެޓެލައިޓް ކުންފުނި ވަންވެބްގެ 36 އިންޓަނެޓް ސެޓެލައިޓް ކާމިޔާބުކަމާއެކު އޯބިޓަށް އެ ގައުމުގެ ރޮކެޓުން ގެނެސްފައިވާ ކަމަށެވެ.
ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނިއު ސްޕޭސް އިންޑިއާ ލިމިޓެޑާއި ވަންވެބް އާ ދެމެދު ވިޔަފާރީގެ ގޮތުން ހަމަޖައްސާފައިވާ މި މިޝަން ކާމިޔާބު ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން އިއުލާން ކުރީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
މި ރޮކެޓް ލިފްޓް އޮފްކޮށްފައިވަނީ އަންދްރަ ޕްރަދޭޝްގެ ސަތީޝް ދަވަން ސްޕޭސް ސެންޓަރުން ރޭ ދަންވަރު 12:07 ގައެވެ. އިސްރޯގެ ޗެއާމަން ސްރީދަރާ ޕަނިކަރް ސޮމަނަތު ވިދާޅުވީ މިއީ އާ ރޮކެޓް އެލްވީއެމް3 [ލޯންޗް ވެހިކަލް މާކް 3] ގެ ކޮމާޝަލް ލޯންޗް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
ވަންވެބް ސެޓެލައިޓްގެ މި 14 ވަނަ ލޯންޗް ބަރޯސާވެފައި ވަނީ އިންޑިއާގެ އެންމެ ބަރު ރޮކެޓަށެވެ. ވަންވެބްގެ ފުރަތަމަ ސެޓެލައިޓް ލޯންޗްކުރީ 2019 ވަނަ އަހަރު އެވެ.
މިއީ މޮސްކޯއިން ޔޫކްރެއިންއަށް އަރައިގަތުމުގެ ސަބަބުން މިދިޔަ މާޗް މަހު ރަޝިއާގެ ޖައްވީ އިދާރާއާ ވަކިވި ފަހުން ވަންވެބްގެ ފުރަތަމަ ލޯންޗެވެ.
އިނގިރޭސި ވިލާތުގެ އެ ކުންފުނިން ބުނީ މިއަހަރުގެ މެދުކެނޑުމަކަށް ފަހުވެސް އަންނަ އަހަރު 648 ސެޓެލައިޓްގެ ކޮންސްޓަލޭޝަނަކާ އެކު ގްލޯބަލް ކަވަރޭޖް އެކްޓިވޭޓް ކުރުމުގެ ވިސްނުން އެބައޮތް ކަމަށެވެ. އަދި މިހާރުވެސް އެންމެ އުތުރުގެ ސަރަޙައްދުތަކުގައި ޚިދުމަތް ދެމުން ގެންދެއެވެ.
މި ސެޓެލައިޓްތައް 12 ރިންގަކަށް ތަރުތީބުކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ 49 ސެޓެލައިޓް ހުންނާނީ 1200 ކިލޯމީޓަރު (745 މޭލު) ގެ ސާކިއުލާ އޯބިޓްގައި ކަމަށް އިސްރޯގެ ވެބްސައިޓުގައި ބުނެފައިވެއެވެ. އަދި ކޮންމެ ސެޓެލައިޓަކުން ވެސް ކޮންމެ 109 މިނެޓަކުން ހިތުގެ ވަށައިގެން ފުރިހަމަ ދަތުރެއް ފުރިހަމަ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮންމެ ވަންވެބް ސެޓެލައިޓެއްގެ ބަރުދަނުގައި ގާތްގަނޑަކަށް 150 ކިލޯގްރާމް (330 ޕައުންޑް) ހުރެއެވެ.
ނިއު ދިއްލީގައި ހުންނަ އޮބްޒާވަރ ރިސާޗް ފައުންޑޭޝަންގެ ސްޕޭސް އެންޑް ސެކިއުރިޓީގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ ޑައިރެކްޓަރެއް ކަމަށްވާ ރާޖޭޝްވަރީ ޕިއްލައި ރާޖަގޯޕަލަން އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވީ މި ލޯންޗަކީ އިންޑިއާއަށް މުހިންމު އަދި އަމިއްލަ ކަސްޓަމަރުންނަށް އެ ގައުމުގެ ސްޕޭސް އެޖެންސީ މަޑުމަޑުން ހުޅުވާލުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ރާޖަގޯޕަލަން ވިދާޅުވީ އިންޑިއާއަކީ ކުދި ސެޓެލައިޓްތައް ފޮނުވާލުމުގެ ތަޖުރިބާ ލިބިފައިވާ ގައުމެއް ކަމަށާއި ސެޓެލައިޓް ލޯންޗް ފެސިލިޓީއެއްގެ ގޮތުގައި އަމިއްލަ އަށް ޕިޗްކޮށް، މި މާކެޓް ކޯނަރ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.