މުއްދަތު ހަމަވާ ތާރީޚު އޮޅުވާލައިގެން ބާސްމަތީ ހަނޑޫ ވިއްކަނީ
![](https://dhen.mv/wp-content/uploads/2022/10/348410_3_f6fc4aa3461b9b473788c41b718e143243dcacfa_large-850x548.jpg)
ބާސްމަތީ ހަނޑުލުގެ ވައްތަރެއްގެ މުއްދަތު ހަމަވެފައިވަނިކޮށް, ތާރީޚު ބަދަލުކޮށްގެން ވިއްކަމުންދާ މައްސަލަ ފެންމަތިވެއްޖެއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ މުއްދަތު ހަމަވެފައިވަނިކޮށް ތާރީޚު ބަދަލުކޮށްގެން ވިއްކަމުންދަނީ ޕާކިސްތާނުގެ އުފެއްދުމެއްކަމަށްވާ އަލްގަމަރް ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ވައިޓް ބާސްމަތީ ރައިސް ގެ ފަސް ކިލޯގެ ޕެކެޓުތައް ކަމަށެވެ.
''މި އޮތޯރިޓީން ބެލި ބެލުމުގައި އެ ޕެކެޓުގައިވާ މުއްދަތު ހަމަވާ ތާރީޚު ހަމަވުމުން އޭގެ މަތީގައި ސްޓިކާއެއް ހަރުކޮށް އެ ތާރީޚަށް ބަދަލު ގެނެސްފައިވެއެވެ.''
އެ އޮތޯރިޓީން ބުނީ މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި އޭގެ ފެންވަރު ގެއްލި ޢާންމު ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.
އެ އޮތޯރިޓީން ވަނީ މުއްދަތު ހަމަވާ ތާރީޚު ބަދަލުކޮށްގެން ކާބޯތަކެތި އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފައެވެ.