ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
ފީނަން ގޮސް އުޅުނު 22 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ށ. ނިގާފަރު ފަޅުގެ ބޭރުގައި ފީނަން އުޅުނު މީހަކު ގެއްލިގެން މިއަދު 3 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 4:15 ހާއިރު ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.
އެ މީހާއަށް ފަރުވާދިނުމަށް އެ އަތޮޅު ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް ނިޔާވެފައިވާ ކަމަށް އެ މީހާ ބެލި ޑޮކްޓަރު މައުލޫމާތު ދިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
Ads by Allied Insurance