ޚަބަރު އިޖުތިމާޢީ

ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 257 މީހުން ފޮނުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޕާސްޕޯޓުގެ މަސައްކަތްތައް ކުރައްވަނީ

ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 257 މީހުން އަނބުރާ ފޮނުވާލައިފިއެވެ.

Ads by Hajj Corporation

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިމިގުރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގުރޭޝަން އޮފިސަރު އަދި ހެޑް އޮފް އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް މުޙައްމަދު ޝިފާން ވިދާޅުވީ 2019 އިން ފެށިގެން އިމިގުރޭޝަންގެ ޑޭޓާ ބޭސްއާއި, އިންޓަޕޯލް ޑޭޓާ ބޭސް އިންޓަގްރޭޓް ކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ވަގަށް ނަގާފައިވާ ޕާސްޕޯޓާއި ގެއްލިފައިވާ ޕާސްޕޯޓާއި އިންޓަޕޯލް އެކި ނޯޓިސްތަކުގައި ހުންނަ މަޢުލޫމާތުތައް އިމިގުރޭޝަންގެ ސިސްޓަމްގެތެރެއިން އެނގިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ 2019 އިން ފެށިގެން ސައްހަ ނޫން ޕާސްޕޯޓުގައި 257 މީހުން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވާ ކަމަށާއި, އެ ހުރިހާ އެންމެން ބޯޑަރުން ހުއްޓުވާފައިވާ ކަމަށެވެ.

''2019 އިން ފެށިގެން މިހާ ހިސާބަށް 257 ފަރާތެއް ދެނެގަނެވިއްޖެ ގެއްލިފައި އަދި ވަގަށް ނަގާފައިވާ ޕާސްޕޯޓުގައި ދަތުރުކޮށްފައިވާ.''

ބޯޑަރު ބެލެހެއްޓުމަކީ އިމިގުރޭޝަނާ އިތުރު އިދާރާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް ވިދާޅުވެ, ޝިފާން ވަނީ ހުރިހައި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!