ރާއްޖެއާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވީ ތެދު ވާހަކަފުޅެއް ކަމަށް ހެކިވެވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައެއް ނޯންނާނެ ކަމަށެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް އެ ވިދާޅުވީ ތެެދުބަސްފުޅެއް ކަމަށް ''އަޅުގަނޑު ހެކިވަން'' ކަމަށެވެ.
''މިކަން ހިނގަމުންދާ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ'' އިމްރާން ވިދާޅުވިއެވެ.
ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއަރާ ސަރަހައްދުގެ މައްސަލައަށް ހައްލެއް ނުހޯދި އޮންނަތާ ވަރަށް ގިނަ އަހަރުތަކެއްވެފައިވާ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް މީގެ 30 އަހަރު ކުރިން 1992 ވަނަ އަހަރު ވެސް އޭރުގެ ސަރުކާރުން އިނގިރޭސި ސަރުކާރާއެކު މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށާއި, އެއްބަސްވެފައިވަނީ ފުށުއަރާ ސަރަހައްދު ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ފަހުން 2011 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާއެކު މި މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށާއި, އޭރު އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
''މި މައްސަލައިގައި މިހާރު ވެސް އަޅުގަނޑުމެން ދަމަހައްޓަމުން މިދަނީ މިކަމުގައި އެންމެ ކުރިން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުންއައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާޢުކުރުމުގެ ސިޔާސަތު.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަކި މީހެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ވަކި ބައެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމުގެ ޙަޤީޤަތް އެނގި ތިބެ ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށާއި, އެއީ ވަަރަށް ދެރަ މައްސަލައެއް ކަމަށެވެ. އަދި ވާހަކަތައް ފަތުރާއިރު ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ އެއަށްވުރެ މާ ބޮޑަށް ހިތާމަ ހުރިކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކަލޯ ބާރަށް ހިފަހައްޓާތި ނުވެއްޓޭވަރަށް
ތިޔައީ މަކަރުވެރި ނުބައި ނުލަފާ ހިޔަޅެއް.