ޚަބަރު

އޭޖީގެ މުވައްޒިފުންނަށް އިންޑިއާއިން ތަމްރީން ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ނޮއިޑާގެ އައިސީއައިއެސްއޭގައި ހުންނަ ކޮމްޕްޓްރޯލަރ އެންޑް އޮޑިޓަރ ޖެނެރަލް އޮފް އިންޑިޔާ (ސީއޭޖީ)ގެ އިންޓަރނޭޝަނަލް ޓްރެއިނިންގ ސެންޓަރުގައި "ޓްރެއިނިންގ އެންޑް ނޮލެޖް ޝެއަރިންގ އެކްސްޗޭންޖް ޕްރޮގްރާމް"ގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ މުވައްޒިފުން ބައިވެރިވާނެ ގޮތަށް ނިންމައިފިއެވެ.

Ads by Hajj Corporation

އައިސީއައިއެސްއޭ އަކީ އިންޑިއާގެ ސީއޭޖީގެ ޕްރިމިއާ ޓްރެއިނިން އިންސްޓިޓިއުޓެވެ. އިންޑިއާގެ ފްލެގްޝިޕް އައިޓީއީސީ ޕްރޮގްރާމްގެ ދަށުން ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

31 އޮކްޓޯބަރ އިން 12 ނޮވެމްބަރ 2022 އަށް ކުރިޔަށްދާ. މި ތަމްރީނު ޕްރޮގްރާމަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސީއޭޖީ އިންޑިއާ އާއި އޭޖީއޯ މޯލްޑިވްސްއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ޕާފޯމަންސް އޮޑިޓް، ކޮމްޕްލަޔަންސް އޮޑިޓް، ފައިނޭންޝަލް އޮޑިޓް އެންޑް އޮޑިޓް އޮފް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް، އޮޑިޓް އިމްޕްލިމެންޓޭޝަން، ޑޭޓާ އެނަލިޓިކްސް އެންޑް ކޮމްޕިއުޓާ އެއިޑް އޮޑިޓް ޓެކްނިކް، އެޕްލިކޭޝަން އޮފް ސްޓެޓިސްޓިކަލް ކޮންސެޕްޓްސް އިން ޑޭޓާ އެނަލިޓިކްސް، އޮޑިޓް އޮފް ފްރޯޑް އެންޑް ކޮރަޕްޝަން ފަދަ މައުޟޫއުތަކަށް ކްލާސް ނަގައިދޭނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި، ފިޒިކަލް ޓްރެއިނިންތައް ކުރިއަށް ނުގެންދެވުނު އިރު، ކަސްޓަމައިޒްޑް އީ-އައިޓީއީސީ ތަމްރީނުތަކެއް ރާއްޖޭގެ ގާތްގަނޑަކަށް 70 އޮޑިޓަރުންނަށް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo
  1. ޒާހިރު

    އޭޖީއޭގެމުވަށްޒިފުޢްތިއައުޅެނީއަދިވެސްގެރިމޯދީސަރުކާރުއްކުރާނެދެވޭކަތަކާމެދުވިސްނާނުލާދެއްވެސްހުރިފަޅުރަތްތަކާގިރިފަޅުތައްވެސްވިއްކާލާނެތަމުރީނުހަދައްތޯއޭސާބަސްސާބަސް