ޗާގޯސް މައްސަލަ: ޖަމީލް ވިދާޅުވީ މިއީ ވެރިޔަކު އަމިއްލަ މަސްލަހަތަށްވީ އެންމެ ބޮޑު ޚިޔާނާތްކަމަށް

ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުން އދ. ގެ ޢާންމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމާފައިވާ މައްސަލައިގައި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް ފާޑުވިދާޅުވެއްޖެެއެވެ.
ޖަމީލް މިއަދު ވިދާޅުވީ ސަރަހައްދުތައް ހިމާޔަތްކުރުމަކީ ވެރިއެއްގެ އެންމެ އަސާސީ ޒިންމާ ކަމަށެވެ. ނަމަވެސް ފޯޅަވަހީގެ ސަރަހައްދު ދޫކޮށްލިއިރު ޤާނޫނީ އެއްވެސް ހުއްޖަތެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކަށް ނުދެއްކުނު ކަމަށެވެ. އެހެންކަމުން މިއީ ވެރިޔަކު އަމިލަ މަސްލަހަތަށްވީ އެންމެ ބޮޑު ޚިޔާނާތްކަމަށް ޖަމީލް ވަނީ ސިފަކުރައްވައިފައެވެ.
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން ނިންމާފައެއް ނޯންނާނެ ކަމަށް ރައީސް ޞާލިޙް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އެކަމަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ދޮގު ކަމަށާއި, ރާއްޖޭގެ ސަރަހައްދު ދޫކޮށްލީ ދެ ޤައުމު އެއްބަސްވެގެން ކަމަށެވެ.