ޚަބަރު

ހޯޑެއްދޫ މައްސަލައިގައި ޖުމްލަ 82 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް ހޯދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހޯޑެއްދޫއާއި ފަޅު ރަށަކުން ޖުމްލަ 82 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.

Ads by STELCO

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ފުލުހުން މި ފަހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މިއަދު 69 ކިލޯގެ މަސްތުވާތަކެތި ހޯދާފައި ވަނީ ހޯނޑެއްދޫގެ އިތުރުން އެތާ ކައިރި އޮންނަ ފަޅު ރަށަކުން ކަމަށެވެ.

މި އޮޕަރޭޝަންގައި މީގެ ކުރިން ވެސް އެ ރަށުގެ ވަލު ތެރޭގައި ވަޅުލާފައި ހުރި 13 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފައެވެ.

އެއާއެކު، އެ އޮޕަރޭޝަންގައި ފުލުހުން މިހާތަނަށް ޖުމްލަ 82 ކިލޯގެ މެތު އަދި ހެރޮއިން ހޯދާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

 

Ads by HDC
  1. ހީރޯ

    ކިހާބޮޑު ކަމެއްތަމީ! ތީ ސަރުކާރާ ނުފޫޒުގަދަ މީހުންގެ ޖަރީމޢެއް. އެއްވެސް ޝައްކެއްނެތް..މަސްތުވާ ހުރިހާ މައްސަލައެއްގެ ބޮޑުންނަކީ އެއީ…ސަބަބު…އެއްވެސް އެކްސްޕްލޯސިވް މާްދާއެއް ހަތިޔާރެއް އެތެރެ ނުކުރެވޭ! އެކަމަކު މިރާއްޖެއަށް ކާބޯތަކެތި އެތެރެކުރާހެން މިބައިވަރު އެބަ އެތެރެވޭ…ކަލޭމެން އެންމެންނަށް ރަނގަޅު ފިލާވަޅެއް ދެއްވާށި!