އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫ ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

Ads by Hajj Corporation

ރަންގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާރސް ޕްލެޓްފޯމް މެދުވެރިކޮށެވެ. އުރީދޫ ފަން ރަން ގައި ރެޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. 

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތުހުޅުވާލައިފައިވެއެވެ. 5 ކިލޯމީޓަރުގެ މި ދުވުމުގައި ތަފާތު ހަރަކާތްތައް ހިމެނޭ ކަމަށް އުރީދޫން މަޢުލޫމާތުދެއެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

”މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ” އުރީދޫން ވިދާޅުވިއެވެ. 

އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ނޮވެމްބަރ 2022 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު އަރުވައެވެ.

މި ދުވުމުގައި ބައިވެރިވުމަށް މި ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!